މާދަމާ 11 ނޮވެމްބަރު 2019 ވަނަ ދުވަހު މޯލްޑިވް ގޭހުގެ ޑިސްޓްރިބިއުޝަން ޔުނިޓްތަކާއި ޕްރޮޑަކްޝަން ޑިޕާޓްމެންޓް ބަންދުވާނެ ކަމުގައި އެ ކުންފުނިން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކަން ޖުމްހޫރީ ދުވަހާއި ގުޅިގެން މާދަމާ، ޑިސްޓްރިބިއުޝަން ޔުނިޓްތަކާއި ޕްރޮޑަކްޝަން ޑިޕާޓްމެންޓް ބަންދުވާނެ ކަމަށެވެ.
އެހެން ނަމަވެސް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 11:00 އާއި ހަމައަށް އެ ކުންފުނީގެ މާލެ، ވިލިމާލެ އަދި ހުޅުމާލޭ ޑިސްޓްރިބިއުޝަން ޔުނިޓަށް ހުސްފުޅި ގެންދިއުމުން ގޭސްފުޅި ދޫކުރާގޮތަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ މޯލްޑިވް ގޭހުގެ ހޮޓްލައިން ނަމްބަރު 1616 އަށް ގުޅުއްވުން އެ ކުންފުނިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް