ދ. ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އެކަކު މަރުވެ ފަސް މީހަކަށް ފަރުވާ ދެމުން އެބަދެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ކޯސްޓްގާޑުން ބުނެފައިވާގޮތުގައި ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި ހަ މީހަކު ތިއްބެވެ. އެއީ ހަތަރު ބިދޭސީއަކާއި ދެ ދިވެހިން ކަމަށް ކޯސްޓްގާޑުން ބުނެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މަރުވެފައިވަނީ ސްވިޑެންއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. އެކަން ކުޑަހުވަދޫ ހޮސްޕިޓަލުން ކަށަވަރުކޮށްދޭ ކަމަށް ފުލުހުން ބުނެއެވެ.
"މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ގައި" ކޯސްޓްގާޑުން ބުނެފައިވެއެވެ.
ކޯސްޓްގާޑުން އިތުރަށް ބުނެފައިވާގޮތުގައި ޑިންގީ ބަންޑުން ޖަހާލި ސަރަހައްދުން މީހުން ސަލާމަތްކުރީ ކުޑަހުވަދޫން ޖެޓް ސްކީއެއްގައި ދިޔަ ބައެކެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް