ޖާޔާ އެސްއެސްގެ އިން ނަސްރުގެ 52 ވަނަ މެރަތަންގައި އެއްބާރުލުންދެނީ

ޖާޔާ އެސްއެސްގެ އިން ނަސްރުގެ 52 ވަނަ މެރަތަންގައި އެއްބާރުލުންދޭން ނިންމައިފިއެވެ. ނަސްރު ދުވާ 52 ވަނަ މެރަތަން އޮންނާނީ މި ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ބެންކޮކްގައެވެ. ރާއްޖޭގައި މިހާތަނަށް އެންމ...

10 Nov 2019 | 11:07

ޖާޔާ އެސްއެސްގެ އިން ނަސްރުގެ 52 ވަނަ މެރަތަންގައި އެއްބާރުލުންދޭން ނިންމައިފިއެވެ.

ނަސްރު ދުވާ 52 ވަނަ މެރަތަން އޮންނާނީ މި ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ބެންކޮކްގައެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މެރެތަން ދުވި ދިވެހި ދުވުންތެރިޔާ ނަސްރުﷲ އަހުމަދު އޭނާގެ 52 ވަނަ މެރަތަންއަކީ ބެންކޮކްގައި އޮންނަ 32 ވަނަ ބެންކޮކް މެރަތަންއެވެ.

ޖާޔާ އެސްއެސް އިން ނަސްރުއަށް މި ރޭހުގައި އެއްބާރުލުންދީފައިވާ އިރު، ނަސްރު މި ރޭހުގައި ބޭނުންކުރާ ކިޓް އަދި އެހެން އިނާޔަތްތައް ހަވާލުކޮށްފައިވަނީ ޖާޔާ ފިޓިންގސްގައި ބޭއްވި ހަފުލާއެއްގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނަސްރު ބުނީ މި ރޭހުގައިވެސް އަމާޒަކީ ހަތަރުގަޑި އިރަށްވުރެ އަވަހަށް ނިންމުން ކަމަށެވެ.

ޖާޔާ ކުންފުނިން ބުނީ ކުޅިވަރުގެ ހަރަކާތްތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ކޮންމެވެސް ވަރެއްގެ މިންވަރެއް ހިމަނާނެ ކަމަށާއި ސޯޝަލް ރެސްޕޮންސިބިލިޓީ މިހާރަށްވުރެ ރަނގަޅަށް އަދާކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މިހާރުވެސް ކޮންމެވެސް ވަރަކަށް ކުޅިވަރުގެ އެކި ހަރަކާތްތަކަށް އެހީވަމުން އަންނަ އިރު އަންނަ އަހަރު މިއަށްވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރާނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ރަސްމީ ސްޕޮންސަރޝިޕް ކޮކާކޯލާ އާއި އެކުވެރިންގެ އެހީތެރިކަމާއެކު ނަސްރު މިހާތަނަށް ދުވެފައިވާ މެރަތަންތައް އޭނާ 4 ގަޑިއިރަށްވުރެ އަވަހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް