ސުޕްރީމް ކޯޓުގެ މައްޗަށް ޖޭއެސްސީއާ މަޖިލިސް ކޮމިޓީ ސަވާރުވީމާ ޝަރުއީ ދާއިރާ އިސްލާހުވާތަނެއް ނުފެނޭ: ރީކޯ މޫސަ

ސުޕްރީމް ކޯޓުގެ ބާރުތަކުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މަޖިލީހުގެ ކޮމިޓީ ސަވާރުވީމާ ޝަރުއީ ދާއިރާ އިސްލާހުވާތަނެއް ނުފެންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ...

10 Nov 2019 | 08:54

ސުޕްރީމް ކޯޓުގެ ބާރުތަކުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މަޖިލީހުގެ ކޮމިޓީ ސަވާރުވީމާ ޝަރުއީ ދާއިރާ އިސްލާހުވާތަނެއް ނުފެންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މޫސަ ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގައި ދައުލަތް އިންތިޒާމްވެފައިވާގޮތުން ސުޕްރީމް ކޯޓަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ޝަރުއީ ދާއިރާގައި ނުވާނެ ކަމަށެވެ.

"ފަނޑިޔާރުންނާމެދު ހިތްހަމަނުޖެހޭނަ ފަނޑިޔާރުން ބަދަލުކުރަންވީ، ސުޕްރީޕް ކޯޓުގެ ބާރުތަކުގެ މައްޗަށް ޖޭއެސްސީ އާ މަޖިލީހުގެ ކޮމިޓީ ސަވާރުވީމާ ޝަރުއީ ދާއިރާ އިސްލާހުވާތަނެއް ނުފެނޭ" މޫސަގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/ReekoMoosa/status/1193448346712625152

މޫސަ މިހެން ވިދާޅުވެފައިވާއިރު މިހާރު އޮތް ރައީސް އިބޫގެ ވައުދުތަކުގެ ތެރޭގައި އެންމެ ކުރީގައި ހިމެނޭ އެއް ވައުދަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވައުދެވެ. އަދި 19 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވިއްކި އެންމެ ވަރުގަދަ އެއް ވައުދަކީވެސް ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވައުދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް