މިދިޔަ ހަފްތާ 700 އަށްވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހައިފި

މިދިޔަ ހަފްތާ ޤަވާއިދާ ހިލާފަށް ޕާކުކޮށްގެން 700 އަށްވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހައިފިއެވެ. ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ...

10 Nov 2019 | 07:00

މިދިޔަ ހަފްތާ ޤަވާއިދާ ހިލާފަށް ޕާކުކޮށްގެން 700 އަށްވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖަހައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ 753 އުޅަނދަކު ވަނީ ސްޓިކާ ޖަހައިފައެވެ. އެއީ މިމަހުގެ ދެވަނަ ދުވަހުން މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

ޤަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.

މިދިޔަ ހަފްތާ 753 އުޅަނދުގައި ސްޓިކާ ޖަހާފައިވާއިރު، އޭގެ ކުރީ ހަފްތާ ފުލުހުން ސްޓިކާ ޖަހާފައި ވަނީ 557 އުޅަނދުގައެވެ. އެހެންކަމުން ނިމިދިޔަ ހަފްތާ މިވަނީ އޭގެ ކުރީ ހަފްތާއަށްވުރެ 196 ސްޓިކާ ގިނައިން ޖަހާފައެވެ.

މިމުއްދަތުގެ ތެރޭގައި 38 އެކްސިޑެންޓެއް ހިނގައި 14 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. މިދިޔަ ހަފްތާ އެކްސިޑެންޓަކާއި ގުޅިގެން އެއްވެސް ފަރާތެއްގެ ލައިސަންސް ހިފަހައްޓާފައެއް ނުވެއެވެ.

މިމުއްދަތުގެ ތެރޭގައި 30 އުޅަނދެއް ޓޯވ ކޮށްފައިވާއިރު، ޖުމްލަ 689 އުޅަނދެއް ވަނީ ބަލައި ފާސްކޮށްފައެވެ. މީގެއިތުރުން، ލައިސަންސް ކާޑު ނެތި ދުއްވި 44 މީހަކު ހިފަހައްޓާފައިވާއިރު، ލައިސަންސް ނެތި ދުއްވި 77 މީހަކު ފުލުހުން ވަނީ ހުއްޓުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް