އަލަށް ހުޅުވާ އިއްޒުއްދީން ސުކޫލަށް ޕްރިންސިޕަލަކު ހޯދަނީ

އަންނަ އަހަރު އަލަށް ހުޅުވަން ހަމަޖެހިފައިވާ އިއްޒުއްދީން ސުކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކޮށްފި އެވެ. ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި އަލަށް ހުޅަވާ އިއްޒުއްދީން ސުކޫލްގެ ޕްރިންސިޕަލަކަށް...

10 Nov 2019 | 06:27

އަންނަ އަހަރު އަލަށް ހުޅުވަން ހަމަޖެހިފައިވާ އިއްޒުއްދީން ސުކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކޮށްފި އެވެ.

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި އަލަށް ހުޅަވާ އިއްޒުއްދީން ސުކޫލްގެ ޕްރިންސިޕަލަކަށް ވާން ބޭނުންވާ ބޭފުޅުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިއްޒުއްދީން ސުކޫލަށް ޕްރިންސިޕަލެއްގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލަކު އަދި އެޑްމިނިސްޓްރޭޓަރަކު ހޯދުމަށް ވެސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އަންނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސުކޫލަށް ބޭނުންވާ ހުރިހާ މަގާމަކަށް މުވައްޒަފުން ހޯދަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިއްޒުއްދީން ސުކޫލުގައި އަންނަ އަހަރު އެންމެ ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް 1-6 އަށެވެ. އެއަށްފަހު ގްރޭޑް 10 އަކާއި ހިސާބަށް 2021 ވަނަ އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އިއްޒުއްދީން ސުކޫލުގައި ކިޔަވައިދޭން ހަމަޖެހިފައި ވަނީ އެއްދަންފަޅި އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް