ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ ވަރުގަދަ ބަހުގެ ހަމަލާއެއް ވެރިކަންކުރާ އެމްޑީޕީއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެއްވައިފިއެވެ.
ޑރ. ޖަމީލު ކުރެއްވި ތްވީޓެއްގައި ވިދާޅުވެފައިވަނީ ތުހުމަތުތައް ތަހުގީގު ކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވާ ކަމަށެވެ.
މީގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކަކީ ސަރުކާރުގެ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އާއި މަޖިލީހުގެ ރައީސްގެ މިލްކެއް ނޫން ކަމަށާއި ބާރު ލިބުމުން އެމްޑީޕީން މުއައްސަސާތައް ބޭނުންކުރަނީ ބަދަލުހިފަން ކަމަށެވެ.
ޑރ. ޖަމީލު މިގޮތަށް ވިދާޅުވެ ޓްވީޓު ކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ނެރުނު ބަޔާނާ ގުޅިގެންނެވެ.
އެ ކޮމެޓީން ނެރުނު ބަޔާނުގައި ހައިލަމް ހިއްސާ ކުރެއްވި ފޮޓޯއިން އިންސާނީ ކަރާމާތަށް އުނިކަން އަންނަ ކަމަށާއި ލާއިންސާނީ އަނިޔާވެރި އަމަލުތަކަށްވެސް އެކަމުން ހިތްވަރު ލިބޭކަމަށް ވަނީ ބުނެފައެވެ.
ހަމަމިއާއެކު ހައިލަމްގެ މި އަމަލު އދ. ގެ އަނިޔާ ހުއްޓުވުމާއި ބެހޭ ކޮންވެންޝަނުގެ އުސޫލުތަކާވެސް ޚިލާފުކަމެއް ކަމަށާއި ރާއްޖޭގެ އެންޓި ޓޯޗަރ ޤާނޫނާވެސް ޚިލާފުވާ ކަމަށްވެސް ކޮމިޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް