އަންހެން ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި

ދިވެހި އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާއަށް ޖަހާ ޕިނެއް ނަގައިފިއެވެ. އައިޖީއެމް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގައި ޕިނެއް ނަގާފައި ވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިންނެވ...

10 Nov 2019 | 05:04

ދިވެހި އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާއަށް ޖަހާ ޕިނެއް ނަގައިފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގައި ޕިނެއް ނަގާފައި ވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްޕާމެއިންނެވެ. އަންހެން ކުއްޖާގެ ޕިން ދިރިފައި ވަނީ އަނގަޔަށް ލައިގެން އުޅުމުގެ ތެރޭގައެވެ.

މިކުއްޖާގެ ފުއްޕާމޭ ތެރެއިން ކާމިޔާބުކަމާއިއެކު ޕިން ނަގާފައި ވަނީ އައިޖީއެމްޗްގައި ފަރުވާދޭ ތިން ޑޮކްޓަރުން ކަމަށްވާ ޑރ. މުހައްމަދު އަލީ އާއި ޑރ. މުހައްމަދު އިސްމާއިލް އަދި ހޭނައްތާ ޑޮކްޓަރު، ޑރ.ބަރަކާތު އެވެ.

https://twitter.com/igmhmv/status/1193357780473614336

އައިޖީއެމްއެޗުން ބުނީ ބުރުގާއަށް ޖަހާ ދަތި އަދި ޕިންފަދަ ތޫނު އެއްޗެއްހި އަނގަޔަށް ނުލުމަށް އިލްތިމާސްކުރާ ކަމުގައެވެ. އެފަދަ ތަކެއްޗަކީ ކުދި ތަކެތި ކަމަށްވުމުން އެފަދަ ތަކެތި އަނގަޔަށް ނުލުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް