ލައިސަންސް ނެތި ދުއްވި ކާރެއް ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ

ހުޅުމާލޭގައި މިރޭ ލައިންސަންސް ނެތި މީހަކު ދުއްވި ކާރެއް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 06:50 ހާއިރު ހުޅުމާލެ ފެރީ ޓާމިނަލް ...

09 Nov 2019 | 19:39

ހުޅުމާލޭގައި މިރޭ ލައިންސަންސް ނެތި މީހަކު ދުއްވި ކާރެއް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 06:50 ހާއިރު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިންގޮސް ލަކުޑި ޖެޓީ ކައިރީގައެވެ.

"މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަތް ސައިކަލަކަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށެވެ. އަދި މި އެކްސިޑެންޓްވި ކާރަށްވެސް ގެއްލުން ވެފައިވާކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިން 26 އަހަރުގެ މީހާއަކީ ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް