ފެންފުށިން ބައި ކިލޯ ޕާޓީ ޑްރަގާއި އެކު މީހަކު ހައްޔަރުކޮށްފި

އދ. ފެންފުށިން ބައި ކިލޯގެ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފެންފުށީގައި ހިންގި އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ މަސްތު...

10 Oct 2020 | 06:51

އދ. ފެންފުށިން ބައި ކިލޯގެ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފެންފުށީގައި ހިންގި އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށްވާ ކްރިސްޓަލް މެތުގެ ބައި ކިލޯއެވެ. މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އޮޕަރޭޝަން ހިންގީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އޭނާގެ ކޮޓަރި ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކްރިސްޓަލް މެތުކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ކޮތަޅާއި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 536.2 ގްރާމް ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރު ކުރި މީހާގެ ބަންދަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފައިވެ އެވެ. ފުލުހުން ބުނީ އެމީހާ އަކީ އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ.

މިމައްސަލަ އދ. ފެންފުށި އަދި މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅީގެން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް