ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ގިނަ ލޯނުތަކުގެ ގްރޭސް ޕީރިއަށް ހަމަވެ ލޯނު ދައްކަން ފަށަން ޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަރަނީގެ ނުރައްކާތެރިކަމަކީ ދަރަނި އަނބުރާ ދައްކަންޖެހޭ އިރު އެވަރަށް ރާއްޖެއަށް އާމްދަނީ ނުލިބުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 2012-2018 އާއި ދެމެދު ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ލޯނުދައްކަން ފަށަން ޖެހެނީ ރައީސް ސޯލިހުގެ ސަރުކާރަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ މިވަގުތު ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެންމެ ރަނގަޅު އަދި މިހާލަތަށް އެންމެ ރަނގަޅުގޮތަކީ އެ މުއްދަތުގައި ނަގާފައިވާ ލޯނުތައް ޖޫރިމަނާ އަކައި ނުލައި ބިނާ ކުރުން ކަމަށެވެ.
އިތުރަށް ވިދާޅުވީ އެ މުއްދަތުގައި ނެގި އެންމެ ގިނަ ލޯނު ދައްކަން ފަށަން ޖެހެނީ2021-20023 އަށް ކަމަށެވެ.
https://twitter.com/MohamedNasheed/status/1314786978529828864
ރައީސް ނަޝީދު ދަރަންޏާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަނީ ޗައިނާއިން ޔާމިން ސަރުކާރުގައި ނަގާފައިވާ ލޯނުތައް ގިނަ ކަމަށް ވިދާޅުވެ އެވެ. ޗައިނާގެ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ސިފަ ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް