އައިސިސް ޖަމާޢަތާ ގުޅިގެން ހަނގުރާމަކުރަން ރާއްޖޭން މީހުން ފޮނުވުމުގެ އިސް މީހަކީ އަލީރާޖާ ވަނަމަކަށް ކިޔާ ދިވެއްސެއް ކަމަށް ރާއްޖޭގެ ޕޮލިޓިޝަން އަލްޙާން ފަހުމީ ވިދާޅުވެއްޖެއެވެ.
އައިސިސް ޖަމާޢަތާ ގުޅިގެން ހަނގުރާމަކުރަން ރާއްޖޭން މީހުން ފޮނުވުމުގެ އިސް މީހަކީ އަލީރާޖާ ވަނަމަކަށް ކިޔާ ދިވެއްސެއް ކަމަށް އަލްހާން ބުނެފައިވަނީ އަލްހާންގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ރޭ ކުރެއްވި ޕޯސްޓެއްގައިއެވެ.
އަލްހާން އޭނާގެ ފޭސްބުކް ޕޭޖުގައި އާންމުކުރެއްވި މި ޕޯސްޓުގައި ބުނެފައިވަނީ އައިސިސް ޖަމާޢަތާ ގުޅިގެން ހަނގުރާމަކުރަން ރާއްޖޭން މީހުން ފޮނުވުމުގެ އިސް މީހަކީ އަލީރާޖާ ވަނަމަކަށް ކިޔާ ދިވެއްސެއް ކަމަށާއި އަދި މި މައުލޫމާތު އެތަނަށް ދާން ތަންމަތި ބަނދެ ނުދެވުނު މީހެއްގެ ފަރާތުން އެނގިފައިވާ ކަމަށްވެސް އަލްހާން ބުނެފައިވެއެވެ.
" އައިސިސް ޖަމާޢަތާ ގުޅިގެން ހަނގުރާމަކުރަން ރާއްޖޭން މީހުން ފޮނުވުމުގެ އިސް މީހަކީ #އަލީރާޖާ ވަނަމަކަށް ކިޔާ ދިވެއްސެއް ކަމުގެ މައުލޫމާތު އެތަނަށް ދާން ތަންމަތި ބަނދެ ނުދެވުނު މީހެއްގެ ފަރާތުން އެނގިއްޖެ! އަލްހާން ބުނެފައިވެއެވެ. އަލްހާން މިހެން ވިދާޅުވިއިރު، މި ބުނާ އަލީރާޖާ ވަނަމަކަށް ކިޔާ ދިވެއްސަކީ އަލީ ރަމީޒުކަމަށް އެ ޕޯސްޓުގައި ކޮންމެންޓް ކޮށްފައިވާ ގިނަބަޔަކު ބުނެފައިވެއެވެ.
އިއްޔެއިން ފެށިގެން އަލްހާން އަންނަނީ އަލީ ރަމީޒަށް ވަރަށް ހުތުރު ބަސްތަކުން ފާޑު ކިޔަމުންނެވެ. އަލްހާން މިގޮތަށް ފާޑު ވިދާޅުވަމުން އަންނަނީ އައިއެސް އާއި އަލްގައިދާގެ ވާހަކަތައް މިހާރު ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށާއި އެއީ މިހާރު ބާވެފައިވާ ވާހަކަތަކެއް ކަމަށް ވިދާޅުވެ ޢަލީ ރަމީޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދެއްވި ރައްދާ ގުޅިގެންނެވެ.
މި ރައްދާއި ގުޅިގެން އަލްހާން ވަނީ އަލީ ރަމީޒުގެ ބޮލުގައި އަޅާފައިވާ ފަގުޑިއަށް ވެސް މަލާމާތްކޮށް ފުރައްސާރަކޮށްފައިވެއެވެ. އަދި އަލީ ރަމީޒް އަކީ ޕީޕީއެމް އެކްޓިވިސްޓެއް ކަމަށް ވެސް ތުހުމަތުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް