ކެނދިކުޅުދޫގައި ސައިކަލަކުން ވެއްޓި އަންހެނަކު މަރުވެއްޖެ

ނ. ކެނދިކުޅުދޫގައި ސައިކަލަކުން ވެއްޓި އަންހެނަކު މަރުވެއްޖެއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 40 އަހަރުގެ ސަމްސިއްޔާ ޔޫސުފް ކިޔާ އަންހެނެކެވ...

10 Oct 2019 | 18:02

ނ. ކެނދިކުޅުދޫގައި ސައިކަލަކުން ވެއްޓި އަންހެނަކު މަރުވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 40 އަހަރުގެ ސަމްސިއްޔާ ޔޫސުފް ކިޔާ އަންހެނެކެވެ.

އޭނާ ދުއްވި ސައިކަލު ކައްސާލައިގެން ވެއްޓިފައިވަނީ އެ ރަށު ސިއްހީ މަރުކަޒު ދޮރުމައްޗާއި ހަމައިންނެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން އެ ރަށު ކައުންސިލުން ބުނެފައިވާގޮތުގައި އޭނާ ދުއްވި ސައިކަލު ކައްސާލައިގެން ވެއްޓުނު ކަމުގެ ނިޝާން އެ ސަރަހައްދުގައި އެބަހުއްޓެވެ.

މި ހާދިސާގައި ޝަމްސިއްޔާ މަރުވެފައިވާއިރު އޭނާގެ ފިރިއަކާއި ދެ ދަރިން ތިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް