މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ދިވެހި ރާއްޖޭގައި ބާއްވާ ހަމައެކަނި ހެލްތް އެގްޒިބިޝަން ' މޯލްޑިވްސް  މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. މިއަދު ހަވީރު ޗަމްޕާ ސެންޓްރަލްގައި ބޭއް...

10 Oct 2019 | 16:57

ދިވެހި ރާއްޖޭގައި ބާއްވާ ހަމައެކަނި ހެލްތް އެގްޒިބިޝަން ' މޯލްޑިވްސް  މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއަދު ހަވީރު ޗަމްޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތުގައި މިއެކްސްޕޯގެ ޕްލެޓްނަމް ޕާޓްނަރުންނާއި ސްޕޮންސަރުންނާއި އަދި އެހެން ޕާޓްނާރުންނާއި އެކުވެސްވަނީ ސޮއިކޮށްފައެވެ. މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްން ވަނީ މި އެކްސްޕޯ އެންޑޯސްކޮށްފައެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ ޕްލެޓްނަމް ޕާޓްނަރުންންނަކީ އޭޑީކޭ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، ލަންކާ ހޮސްޕިޓަލް، ބެންކޮކް ހޮސްޕިޓަލް އަދި އާސަރީ ހޮސްޕިޓަލްސްއެވެ.

މި ރަސްމިއްޔާތުގައި އޭޑީކޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އޭޑީކޭގެ ޑައިރެކްޓަރ ކޯޕަރޭޓް ޕާފޯމެންސް މަނާލް އަހުމަދު ނާޝިދުއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް މާކެޓިން މެނޭޖަރ ހައްވާ ނަބީލާއެވެ. މި އެމްއޯޔޫތަކުގައި އެމްވީ މެޑިކަލްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލް ހުސައިންއެވެ.

މި އެކްސްޕޯގެ ސަޕޯޓިން ޕާޓްނަރުންނަކީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންއެވެ. ފިޓްނެސް ޕާޓްނަރަކީ ފިޓް ޒޯންއެވެ. އެކްސްޕޯގެ އެއާލައިން ޕާޓްނަރ އަކީ އިންޑިގޯއެވެ. އިވެންޓް ޕާޓްނަރ އަކީ ލިކަމިކް އެވެ. ހޮޓެލް ޕާޓްނަރ އަކީ ޗަމްޕާ ސެންޓްރަލްއެވެ. އަދި ފޮޓޯގްރަފީ ޕާޓްނަރ އަކީ ޕްރޯލައިޓް ސްޓޫޑިއޯއެވެ.

ދަރުބާރުގޭގައި ބާއްވާ މި އެކްސްޕޯ އޮންނާނީ މިމަހުގެ އަށާރަ، ނަވާރަ އަދި ވިހި ވަނަ ދުވަހު ހަވީރު ހަތަރަކުން ރޭގަނޑު އެގާރަ އަށެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމެވެ. މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ވެގެންދާނީ، މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށްކަން އެމްވީ މެޑިކަލްސް އިން ފާހަގަކުރެއެވެ. އަދި އާންމު ފަރާތްތަކުން ބޭނުންވާ މުހިއްމު ސިއްހީ މައުލޫމާތު ކަމާއިގުލޭ މާހިރުންގެ ފަރާތުން ލިބިގެންދާނެއެވެ. މިއީ އެމްވީ މެޑިކަލްސްގެ ފަރާތުން ބާއްވާ މިފަދަ ތިންވަނަ އެކްސްޕޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް