ދަތިކަމެއް ނެތި މިހާރު ފިޔާ އެތެރެ ކުރެވޭނެ: ސަރުކާރު

ރާއްޖެއަށް ފިޔާ އެތެރެ ކުރުމުގައި ވިޔަފާރިވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލު ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 800ރ. އާއި 1000ރ. އާއި ދެމެދު...

10 Oct 2019 | 15:31

ރާއްޖެއަށް ފިޔާ އެތެރެ ކުރުމުގައި ވިޔަފާރިވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލު ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 800ރ. އާއި 1000ރ. އާއި ދެމެދުގެ އަގެއްގައެވެ. ފިޔާ ކިލޯއެއްގެ އަގު އުޅެނީ 30ރ. އާއި 45ރ. އާއި ދެމެދުގެ އަގެއްގައެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އިންޑިއާއިން ދިވެހިރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދިޔަ މައްސަލަތައް ހައްލުކުރެވި، ދަތިކަމެއް ނެތި މިހާރު ފިޔާ އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭކަމަށެވެ.

https://twitter.com/MoFAmv/status/1182312364814659585?s=20

ފިޔާގެ އަގު 100 އިންސައްތަ އުފުލުނު ސަބަބަކީ، އިންޑިއާ އިން ފިޔާ ނުލިބުމެވެ. އިންޑިއާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފިޔާ އެކްސްޕޯޓް ކުރުން ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. އިންޑިއާ އިން މިހާރު ވަނީ ބައެއް ގައުމުތަކަށް ފިޔާ އެކްޕޯޓްކުރުން އެއްކޮށް ހުއްޓާލާފައެވެ.

ނަމަވެސް ފޮރިން މިނިސްޓްރީން ބުނިގޮތުގައި، އިންޑިއާ އިން ފިޔާ އެކްސްޕޯޓްކުރުން މަދު ނަމަވެސް، ރާއްޖެ އަށް ފިޔާ ލިބުމުގައި އެއްވެސް ދައްޗެއް ނެތެވެ. ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ހަދާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުން، ރާއްޖެ އަށް އެއްވެސް ދަތިކަމެއް ނެތި ފިޔާ އެތެރެ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި އިންޑިއާގެ ބައެއް ހިސާބުތަކުގައި ވެސް ފިޔާ ވަނީ ލިބުން ދަތިވެ އަގު އުފުލިފައެވެ. އެގޮތުން އިންޑިއާގެ ނިއު ދިއްލީގައި 100 ކިލޯގެ ފިޔާ ބަސްތާއެއް ލިބެނީ 4500 އާއި 5000 ރުޕީސް އާއި ދެމެދުގެ އަގެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް