އެމްޑީއެން މައްސަލާގައި ބައިނަލްއަގުވާމީ މުޖުތަމައުއަށް ރައީސް ޖަވާބުދާރީވާން ޖެހޭނެ: ޝަހިންދާ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކާއި ގުޅޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގައި ވާހަކަދައްކަން ފަށައިފި ކަމަށްވާ ނަމަ އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޖަވާބުދާރީ ވެވަޑައިގަންނަވ...

10 Oct 2019 | 14:46

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކާއި ގުޅޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގައި ވާހަކަދައްކަން ފަށައިފި ކަމަށްވާ ނަމަ އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ޖަލުތައް އޮޑިޓުކުރުމަށް އެކުލަވައިލި ކޮމިޝަންގެ މެންބަރު ޝަހިންދާ އިސްމާއީލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިންޒާރެއް ދެއްވައިފިއެވެ.

އެމްޑީއެން ސަސްޕެންޑު ކުރުމާއި ގުޅިގެން އެކަމާއ ނުރުހުން ފާޅު ކުރައްވާ ޝަހިންދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖަމިއްޔާ ސަސްޕެންޑު ކުރިއިރު ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށެވެ. އަދި އެޖަމިއްޔާއާ މެދު ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ހިލާފަށް ކަން ފާހަގަކުރައްވަމުން އޭނާ ބުނީ އެވާހަކަ ދައްކަން ފައްޓައިފި ނަމަ ބައިނަލް އަގުވާމީ މުޖުތަމައުގައި ރައީސް ސޯލިހު ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

https://twitter.com/HindhaIsmail/status/1182286425607331841?s=20

ޔޫތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ އެ ޖަމިއްޔާ އިން “ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުންނާއި، އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

“ޖަމިއްޔާތަކުގެ ގަވާއިދުގެ 39 ވަނަ މާއްދާ އިން، ޖަމިއްޔާތަކާބެހޭ ރަޖިސްޓްރާ އަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުގެ ހަރަކާތްތައް، މިއަދުން ފެށިގެން ހުއްޓާލަން އަންގަމެވެ” ޔޫތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް އެކުލެވޭ ރިޕޯޓެއް ނެރުމުން ސޯޝަލް މީޑިޔާގައި އެމްޑީއެން އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއާއެކު އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީ އާއި އަދާލަތު ޕާޓީން ފުލުހަށް ހުށަހަޅާފައިވާއިރު ބައެއް ފަރާތްތަކުން އަންނަނީ އެ ޖަމިއްޔާ އަށް އުވާލުމަށް ވެސް ގޮވާލަމުންނެވެ.

އެމްޑީއެންގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދާދިފަހުން ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް