ރަސޫލާއަށް ނިސްބަތްކޮށް އިހާނެތި ބަސްތަކެއް ހިމަނައި ރިޕޯޓެއް އާންމުކުރި މައްސަލާގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އާ މެދުވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެން އަދި ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކާއި ގޮތް ނޭނގޭ މަރުތަކާ ގުޅޭ މީހުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
https://twitter.com/MohamedNasheed/status/1182237749849382918?s=20
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ރޭ ބޭއްވި ހަފްލާއެއްގައި އެމްޑީއެންގެ ރިޕޯޓު ދިފާއު ކުރައްވައި ދެއްކެވި ވާހަކައާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެން އިން އާންމުކޮށްފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ގޯސްވީ އޭގައި ބައެއް ވާހަކަތައް އިނގިރޭސިން ލިޔަން އުޅުމުން ކަމަށާއި، ރިޕޯޓުގެ ނިޔަތަކީ އިސްލާމް ދީނަށް ހަޖޫ ޖެހުން ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް