މިހާރު ބޮލީވުޑުން ފެންނަ އެންމެ މަގްބޫލު "އައިޓަމް ގާލް"، ނޯރާ ފަތޭހީ ގެ އާ ލަވަ ބެލުންތެރިނަށް ދޫކޮށްލައިފިއެވެ.
ނުވަދިހައިގެ އަހަރުތަކުގައި ބޮޑު މަގްބޫލުކަމެއް ހޯދި 'ޕިޔާރް ދޯ، ޕިލާރު ލޯ' ގެ ރިމޭކުން އަނެއްކާވެސް ނޯރާ ފެންނައިރު، މި ލަވަ އަކީ ވެސް ފޯރިގަދަ ލަވައެކެވެ.
މި ލަވަ ހިމެނޭ ފިލްމް އަންނަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު، މި ފިލްމަކީ ސިދާތު މަލްހޮތްރާ އާއި ތާރާ ސުތައިރާ ފެނިގެންދާ "މަރްޖާވާން" އެވެ. އެލަވައިން ފެންނަ ފިރިހެން ބަތަލަކީ ސިދާތު އެވެ.
https://www.youtube.com/watch?v=a39rulFFJlM&feature=youtu.be
މިހާތަނަށް ނޯރާ މަދު ލަވަތަކަކުން ފެނިގެން ގޮސްފައިވާއިރު، އެހުރިހާ ލަވަތަކެއް ވެސް ވަނީ ވަރަށް ހިޓް ވެފައެވެ. ނޯރާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ ސަތުޔަމޭވަޖައެތޭގެ "ދިލްބަރް ދިލްބަރް" ލަވައިންނެވެ. އޭގެ ފަހުން "އޯ ސާކީ ސާކީ" އަދި "ކަމަރިއާ" ފަދަ ފޯރިގަދަ ލަވަތަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.
ނަމަވެސް ނޯރާގެ އެންމެ ފަހުގެ ލަވަ "ޕަޗްތާއޯގޭ" އަކީ ތަފާތު ލަވައެކެވެ. އެލަވައިން ނޯރާ ފެނިގެން ގޮސްފައި ވަނީ ބޭފަވާތެރިއެއްގެ ރޯލުންނެވެ. އެލަވަ ވެސް ބެލުންތެރިން ބަލައިގަތްއިރު، އެލަވައިން ނޯރާ އާއި އެކީ ފެނިގެން ގޮސްފައި ވަނީ ނޭޝަނަލް އެވޯޑް ލިބިފައިވާ ވިކީ ކައުޝަލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް