ބައްތި ފޯނަކާއި ވަރަށް ބޮޑަށް ތެޅިފައި އޮތް ސެމްސަންގް ފޯނެއް ވަގަށްނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފިހާރައަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރިއިރު، އެހެން ތަނަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.
ވަގަށް ނަގާފައި ވަނީ ނޮކިއާ ބައްތި ފޯނަކާއި ސެމްސެންގްގެ ވަރަށް ބޮޑަށް ތެޅިފައިވާ ފޯނެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގް ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ވައްކަމުގެ މައްސަލަތައް މިހާރަކަށް އައިސް ވަރަށް ގިނަ ކަމަށް ފާހަގަކުރެވެއެވެ. ފޭރުމާއި ވައްކަމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް