ވަގަށް ނަގާފައިވާ ސައިކަލެއްގައި ގޮސް ފޯނެއް ފޭރިއްޖެ

ވަގަށް ނަގާފައިވާ ސައިކަލެއްގައި ގޮސް ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ. މާލޭގައި ރޭ މިހާދިސާ ހިނގާފައި ވަނީ ރޭ 23:42 ހާއިރު އެވެ. ފުލުހުން ވިދާޅުވި ގޮތުގައި ވަގަށް ނަގާފައިވާ ސައިކަލެއްގައި ގޮސ...

10 Oct 2019 | 08:00

ވަގަށް ނަގާފައިވާ ސައިކަލެއްގައި ގޮސް ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގައި ރޭ މިހާދިސާ ހިނގާފައި ވަނީ ރޭ 23:42 ހާއިރު އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ވަގަށް ނަގާފައިވާ ސައިކަލެއްގައި ގޮސް ފޯނެއް ފޭރުނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ފޭރުނީ 15000 ރުފިޔާގެ އަގުހުރި ފޯނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ އެ ފޯނު މިހާރު ވަނީ ވެރިފަރާތަާއި ހަވާލުކުރެވިފައި ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލު ވެސް ވަނީ ޓޯ ކުރެވިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް