ހަޔާތުގައި ލިބޭ ކޮންމެ ކާމިޔާބިއެއްގެ ހައްގުވެރި ފަރާތަކީ ފިރިމީހާ ކަމަށް ބޮލީވުޑްގައި މިހާރު ހުރި އެންމެ އަގުބޮޑު އެކްޓްރެސް ދިޕިކާ ޕަދުކޯން ބުނެފިއެވެ.
އިންޑިއާގެ މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި ދިޕިކާ ބުނީ، ކޮންމެ ކަމެއް ކުރަން ވެސް އެންމެ ހިތްވަރު ދޭ މީހަކީ އޭނާގެ ފިރިމީހާ ރަންވީރް ސިންގް ކަމަށެވެ. ފިލްމީ ދާއިރާގައި ވެސް އަދި ހަޔާތުގައި ލިބޭ ކޮންމެ ކާމީޔާބީއެއްގައި ވެސް އެންމެ ކައިރީ ހުންނަ މީހަކީ ފިރިމީހާ ކަމަށް ދިޕިކާ ބުންޏެވެ.
ނިމިދިޔަ ދެ އަހަރަކީ ދިޕިކާ އަށް ދަތި އަހަރުތަކެއް ކަމަށް ފާހަގަކޮށް އޭނާ ބުނީ، ޑިޕްރެޝަންއަށް ދިޔައިރު ވެސް އެންމެ ކައިރީގައި ހިތްވަރު ދޭން ހުރީ ފިރިމީހާ ކަމުގައެވެ. އަދި އެފަދަ ރަގަޅު ފިރިއެއް ލިބޭނީ ނަސީބުވެރިޔަކަށް ކަން އޭނާ ވަނީ އިތުރަށް ބުނެފައެވެ.
ބޮލީވުޑްގެ އެންމެ ކުރީ ސަފުން ފެންނަ މި ޖޯޑަކީ އެތައް ބަޔަކަށް ކަމުދާ ޖޯޑެވެ. ސަންޖޭ ލީލާ ބަންސާލީގެ ފިލްމްތަކުން މި ޖޯޑުގެ މަގްބޫލުކަން އިތުރުވެގެން ދިޔައިރު، މި ޖޯޑު ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ.
މި ޖޯޑު ދެން އެކީގައި ބޮޑު ސްކަރީނުން ފެނިގެންދާނީ އަންނަ އަހަރުގެ އެޕްރީލް މަހުއެވެ. ކަބީރް ޚާން ޑައިރެކްޓްކުރާ ސްޕޯޓްސް ޑްރާމާ "83" ން މި ދެތަރިން ފެނިގެން ދާނީ ދެމަފިރިންގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް