ބޮލީވުޑްގައި އަރަމުން އަންނަ ތަރި، ކިއަރާ އަދްވާނީގެ އޮފިޝަލް ޓްވިޓާ އެކައުންޓް ހެކްވެއްޖެ އެވެ.
ޓްވިޓާ މެދުވެރިކޮށް ކިއަރާގެ އެކައުންޓުން މީހުންނަށް ގޮތް ނޭންގޭ ލިންކުތަކެއް ފޮނުވާކަމުގެ ވާހަކަތަކެއް ދެކެވެނިކޮށް އޭނާ ވަނީ ޓްވިޓާ އެކައުންޓް ހެކް ވިކަން އިންސްޓަގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
ކިއަރާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައި ވަނީ، އޭނާގެ ޓްވިޓާ އެކައުންޓް ހެކްވެފައިވާ ކަމަށާއި، އޭނާގެ ޓީމުން މިހާރު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބޭކާރު ޓްވީޓްތައް މިހާރު ވެސް ކުރަމުންދާ ކަމަށާއި އެކަމާ އަޅާނުލުމަށެވެ. އަދި ހާއްސަކޮށް އޭނާގެ ޓްވިޓާ އެކައުންޓުން ފޮނުވާ އެއްވެސް ކަހަލަ ގޮތް ނޭންގޭ ލިންކަކަށް ނުވަނުމަށްވެސް ކިއަރާ ވަނީ ބުނެފައެވެ.
ކިއަރާ އަކީ ސޯޝަލް މީޑިއާ ގައި ވަރަށް އެކްޓިވް އެކްޓްރެސް އެކެވެ. އޭނާ އަކީ ފޭނުންނާ ރައްޓެހި ތަރިއެކެވެ.
ކިއަރާ އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ "ކަބީރް ސިންގް" ފިލްމުންނެވެ. އެ ފިލްމް ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް މަގްބޫލުވެފައެވެ. ކިއަރާ މިހާރު ޝޫޓް ކުރަމުން ދަނީ ހޮރޮރ ކޮމެޑީ "ބޫލް ބުލައްޔާ 2" ފިލްމެވެ. އޭނާ އާއި އެކީ އެފިލްމުން ފެނިގެން ދާނީ ކާތިކް އާރްޔާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް