ފީނަން ގޮސް އުޅުމުގެ ތެރޭގައި ފައި ބުރިވި ޒުވާނާ މާލެ ގެނެސްފި އެވެ.
އޭނާގެ ފައި ބުރިވެފައި ވަނީ، ރ. އަތޮޅު ނެލު (ފަޅުރަށެއް) ގެ އިރުމަތީ ފަރާތު އުރަފަށް ކައިރީގައި ސްނޯކްލިން އަށް ގޮސް އުޅުނުމުގެ ތެރޭގައި، ދުއްވާފައި ދިޔަ ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެންނެވެ. މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު 4:00 ހާއިރު ކަމަށް ފުލުހުން މައުމާލޫމާތު ދެއެވެ.
ޑިންގީގެ ބުރަފަތީގައި ޖެހުމުން ޒުވާނާގެ ވައަތު ފައިގެ ކުޑަ ހުޅާ ހަމައިން އެއްކޮށް ބުރިވެފައިވާއިރު، ބުރަފަތިން ޖެހުމުގެ ސަބަބުން ވައަތުފައިގެ ފަލަމަސްގަނޑުން ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
މި ހާދިސާގައި ފައި ބުރިވި އުރުމުން 27 އަހަރުގެ ޒުވާނާ އަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އޭގެފަހުން ލޯންޗެއްގައި މާލެ ގެނަންނަނިކޮށް، އެލޯންޗުގެ އިންޖީނަށް މައްސަލައެއް ޖެހިގެން ކައިރީ އޮތް ބ. ކަމަދޫގައި ޖެއްސިކަމަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ޒުވާނާ މާލެ ގެނެސްފައި ވަނީ އެރަށުން ކޯސްޓްގާޑުގެ ލޯންޗެއްގަ އެވެ. އޭނާ އަށް އައިޖީއެމްއެޗުން މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް