ކޭ.ޒެޑް.ޖޭ ވިމެންސް ޗެމްޕިއަންޝިޕް 2019 މިއަދު ފަށަނީ

ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ "ކޭ.ޒެޑް.ޖޭ ވިމެންސް ޗެމްޕިއަންޝިޕް 2019" މިއަދު ކެޔޮދޫ ޓާފް ދަނޑުގައި ފެށޭނެއެވެ. ވާދަވެރި މާހައުލެއްގައި އަންހެން ކަނބަލުންގެ މެދުގައި ފުޓްބޯޅައިގެ ރޫޙު އާލާކުރ...

10 Oct 2019 | 02:22

ކެޔޮދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ "ކޭ.ޒެޑް.ޖޭ ވިމެންސް ޗެމްޕިއަންޝިޕް 2019" މިއަދު ކެޔޮދޫ ޓާފް ދަނޑުގައި ފެށޭނެއެވެ.

ވާދަވެރި މާހައުލެއްގައި އަންހެން ކަނބަލުންގެ މެދުގައި ފުޓްބޯޅައިގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި މުޅިން އަލަށް ބާއްވާ މި މުބާރާތުގައި ދެ ގުރޫޕަކުން ހަ ޓީމެއް ވާދަކުރެއެވެ. ގުރޫޕް އޭ ގައި ވާދަކުރަނީ 'މިކޮޅު ކޮޅުން' ، ސީކްރެޓްސް އަދި މެގަ ބުލްބުލް އެވެ. ގުރޫޕް ބީ ގައި ވާދަކުރަނީ ސްޕޯރޓްސް ކްލަބް ހޮސްކޮވޯ، 'އެކޮޅު ކޮޅުން' އަދި 'ގޭދޮށު ޓީމް' އެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗް މިއަދު ހަވީރު ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ވާދަކުރަނީ 'މިކޮޅު ކޮޅުން' އާއި ސީކްރެޓްސް އެވެ. ދެވަނަ މެޗްގައި ވާދަކުރަނީ ސްޕޯރޓްސް ކްލަބް ހޮސްކޮވޯ އާއި 'އެކޮޅު ކޮޅުން' އެވެ.

ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގެ ސްޕޮންސަރުންނަކީ މޯލްޑިވް ގޭސް، ޖުޕިޓަރ ސަންރައިސް ލޮޖް، ދިލްޝާދު މާރޓް އަދި ދަ ލަޒާނިޔާ ޕޮޓް އެވެ. މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިނެވެ. ދުވަސް އޮންލައިން މެދުވެރިކޮށް މި މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ކިޔުންތެރިންނާ ހިއްސާކުރެވޭނެއެވެ. އަދި ކެޔޮދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖަށްވެސް މި މައުލޫމާތުތައް އަޕްޑޭޓް ކުރެވެމުންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް