ވައްކަމުގެ މައްސަލައަކާއި ގުޅީގެން މީހަކު ހޯދަން ވީޑިއޯއެއް އާއްމު ކޮށްފި

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާއްމު ކޮށްފި އެވެ. އެ ވީޑިއޯއިން ފެންނަނީ ކޮތަޅެއް ކަމަށް ބެލެވޭ އެއްޗެއް ހިފައިގެން ހުރި މީހަކު ތާކުން ނިކުމެގެން ދާ މަންޒަރެވެ. ފުލުހ...

10 Oct 2017 | 10:49

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާއްމު ކޮށްފި އެވެ.

އެ ވީޑިއޯއިން ފެންނަނީ ކޮތަޅެއް ކަމަށް ބެލެވޭ އެއްޗެއް ހިފައިގެން ހުރި މީހަކު ތާކުން ނިކުމެގެން ދާ މަންޒަރެވެ.

ފުލުހުން ބުނީ މަތީގައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް