ޗައިނާގެ މި ދެ ތަރިން އިންޓަނެޓު "ފަޅާލައިފި" !

ސުރުހީގައި މި ދެތަރިން އިންޓަނެޓު "ފަޅާލައިފި" ކަމަށް އޮތުމުން ކިޔުންތެރިން ހިތްހަމަ ނުޖެހިދާނެ އެވެ. އެހެންނަމަވެސް ޗައިނާގެ ސޯޝަލް ނެޓްވޯކް "ވެއިބޯ" އިއްޔެ ޑައުންވެފައިވަނީ މި ދެތަރިންނާއި ހެދި އެވެ...

10 Oct 2017 | 05:14

ސުރުހީގައި މި ދެތަރިން އިންޓަނެޓު "ފަޅާލައިފި" ކަމަށް އޮތުމުން ކިޔުންތެރިން ހިތްހަމަ ނުޖެހިދާނެ އެވެ. އެހެންނަމަވެސް ޗައިނާގެ ސޯޝަލް ނެޓްވޯކް "ވެއިބޯ" އިއްޔެ ޑައުންވެފައިވަނީ މި ދެތަރިންނާއި ހެދި އެވެ.

ޓްވިޓާއާއި ފޭސްބުކްގެ ބަދަލުގައި ޗައިނާގައި ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކުރަނީ ވެއިބޯ އެވެ.

ޗައިނާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމު، ވެއިބޯ ގިނަ އިރުތަކެއް ވަންދެން ޑައުންވި އެވެ. އަދި ޑައުންވާން މެދުވެރިވީ ޗައިނާގެ އީއެކްސްއޯ ބޯއި ބޭންޑްގެ ކުރީގެ މެމްބަރު ލޫހާން އޭނާގެ ލޯބިވެރިޔާ އާއްމުންނަށް ތައާރަފް ކޮށް ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.

ޗައިނާގެ އެކްޓްރެސް ގުއާން ޒިއައޮޓޮންގެ ފޮޓޯއަކާއެކު ލޫހާން ބުނެފައިވަނީ އެއީ އޭނާގެ ލޯބިވެރިޔާ ކަން އިއުލާނު ކުރާ ކަމަށެވެ.

އެއާއެކު އެ ޕޯސްޓަށް ހުއްޓުމެއްނެތި ލައިކާއި ކޮމެންޓް ލިބެމުންގޮސް ފަސް މިލިޔަން ލައިކް ލިބިފައިވާއިރު 2.5 މިލިޔަން ކޮމެންޓް ލިބިފައިވެ އެވެ. އަދި މާ ގިނަ އިރެއްނުވެ އެ ޕްލެޓްފޯމު އެއްކޮށް ޑައުންވި ކަމަށް ޗައިނާގެ ބައެއް ނޫސްތަކުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް