މިއޮތީ ތިބާގެ ނަން މާސް އަށް ފޮނުވާލުމުގެ ފުރުސަތު !

މާސް އަށް ދިއުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަން ފޮނުވާލުމުގެ ފުރުސަތު ނާސާއިން މިވަނީ ފަހިކޮށްދީފަ އެވެ. އެއީ ނާސާގެ އިންސައިޓް ލޭންޑަރ ޓްރެވ...

10 Oct 2017 | 03:55

މާސް އަށް ދިއުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަން ފޮނުވާލުމުގެ ފުރުސަތު ނާސާއިން މިވަނީ ފަހިކޮށްދީފަ އެވެ.

އެއީ ނާސާގެ އިންސައިޓް ލޭންޑަރ ޓްރެވެލިން ޕްރޮގްރާމްގެ ދަށުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަން ނާސާގެ ރަސްމީ ވެބްސައިޓްގައިވާ މި ލިންކު މެދުވެރިކޮށް ހުށަހެޅިދާނެ އެވެ. ހުށަހެޅުމުން ރަމްޒީ ބޯޑިން ޕާސް އެއްވެސް ނާސާއިން ފޯރުކޮށްދެ އެވެ. އަދި ނާސާއިން ހާމަކޮށްފައިވާގޮތުގައި ހުރިހާ ނަމެއްވެސް ކުޑަ ޗިޕެއްގައި ރައްކާކޮށް މާސްއަށް ފޮނުވާނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މިލިޔަނަކަށްވުރެ ގިނަ މީހުން އެމީހުންގެ ނަން ފޮނުވާފައި ވެ އެވެ. ރާއްޖެއިންވެސް 153 މީހަކު ނަން ފޮނުވާފައިވާކަމަށް އެ ލިސްޓުން ދައްކަ އެވެ.

ނާސާއިން ހާމަކޮށްފައިވާގޮތުގައި މާސްއާއި ބެހޭގޮތުން ތަހުލީލުތަކެއް ކުރުމަށް ނާސާގެ މިޝަންއެއް މާސްއަށް ފޮނުވާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގަ އެވެ. އެ މިޝަންއަށް މާސްގައި ލޭންޑް ކުރެވޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށް ނާސާއިން ހާމަކޮށްފައި ވެ އެވެ. ނަންތައް ފޮނުވާނީ މި މިޝަންއާއި އެކުގައި ކަމަށްވެސް ނާސާއިން ބުނެފައި ވެ އެވެ.

ނާސާއިން ހާމަކޮށްފައިވާގޮތުގައި މި ފުރުސަތު ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 1 އާއި ހަމައަށް ހުޅުވާލާފަ އެވެ.

ނަން ހުށަހަޅާ ލިންކު:

https://mars.nasa.gov/participate/send-your-name/insight/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް