ސައުދީގައި މީގެ އަށް އަހަރު ކުރިން ގަސްތުގައި ހިންޏެއް މަރާލި މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވައިފި އެވެ.
އެ މައްސަލައ ހުށަހަޅާފައިވަނީ ސައުދީ ރައްޔިތެކެވެ. މައްސަލަ ހުށަހެޅި މީހާ އެ މައްސަލައިގާ ބުނެފައިވަނީ މައްސަލައިގާ ދައުވާ ލިބޭ މީހާ ވަނީ ގަސްތުގައި ހިންޏަކަށް ފައިން އަރާ މަރާލާފައި ކަމަށެވެ. އަދި އެއީ އިސްލާމް ދީނާއި ހިލާފު ކަމަށެވެ.
"ހިންޏަކީވެސް މާތް ﷲ ހައްދަވާފައިވާ މަހްލޫގެއް، ދިރިއުޅުމުގެ ހައްގު ލިބިގެންވޭ" މައްސަލަ ހުށަހެޅި މީހާ އޭނާގެ މައްސަލައިގާ ބުނެފައި ވެ އެވެ.
އަލް ފާއިޒް ނަމަކަށްކިޔާ ސައުދީ ގާޒީއަކު ވަނީ މި މައްސަލަ ބަލައިގެންފަ އެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތައް ގާޒީ އަންގާފައިވަނީ މައްސަލަ ކުރިއަށްގެންދިއުމަށްޓަކައި އެ ހިނީގެ އާއިލާގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ހައްގު "ޕަވަރ އޮފް އެޓާނީ" އެ މައްސަލަ ހުށަހެޅި މީހާ ހޯދަން ޖެހޭނެ ކަމަށެވެ. މައްސަލަ ކުރިއަށްގެންދެވޭނީ އެއަށްފަހު ކަމަށް ގާޒީ ބުނެފައި ވެ އެވެ. ގާޒީގެ އެހެން ބުނުމުން މައްސަލަ ހުށަހެޅި މީހާ ކޯޓުން ނިކުމެގެން ދިޔައީ ކަމަށް އަރަބި ނޫސްތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް