އެމެރިކާގެ ކެލިފޯނިޔާގެ އުތުރުގައި އަލިފާންގަނޑެއް ފެތުރެނީ

އެމެރިކާގެ ކެލިފޯނިޔާގެ އުތުރުގައިވާ ބައެއް އަވަށްތަކުގައި އަލިފާންގަނޑެއް ރޯވެ ހަލުވި ދުވެއްޔެއްގައި ފެތުރެމުން އެބަދެއެވެ. މި އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް ދިހަ މީހަކު މަރުވެފައިވާކަމަށް ކަމާބ...

10 Oct 2017 | 02:44

އެމެރިކާގެ ކެލިފޯނިޔާގެ އުތުރުގައިވާ ބައެއް އަވަށްތަކުގައި އަލިފާންގަނޑެއް ރޯވެ ހަލުވި ދުވެއްޔެއްގައި ފެތުރެމުން އެބަދެއެވެ.

މި އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް ދިހަ މީހަކު މަރުވެފައިވާކަމަށް ކަމާބެހޭ ފަރަތްކުން ވަނީ ބުނެފައެވެ. އަދި މި އަލިފާންގަނޑުގެ ސަބަބުން 1500 އިމާރާތެއް އަނދާ ހުލިވެފައިވާއިރު، ރައްކާތެރިކަން ހޯދުމަށް ވިހި ހާސް މީހުން އެމީހުންގެ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ވަނީ ބަދަލުވެފައެވެ.

އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އަވަށް ތަކުގެ ތެރޭގައި ނަޕާ، ސޮނޮމާ، ޔޫބާ ހިމެނެއެވެ. މި އަވަށްތަކުގެ އިތުރުން ހަތަރު އަވަށެއްގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

ރޯވެފައިވާ އަލިފާންގަނޑު ގަޑިޔަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ފެތުރެމުން ދާއިރު މިހާތަނަށް ކެލިފޯނިޔާގެ އުތުރުން 73000 ހެކްޓަރުގެ ހިސާބެއް ވަނީ އަނދާފައެވެ. އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި އެތައް ހާސް ފަޔާފައިޓަރުންނެއް ހަރަކާތްތެރިވަމުންދާއިރު އަލިފާންގަނޑު ރޯވާން ދިމާވި މައްސަލައެއް އަދި ހޯދިފައެެއްނުވެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް