ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ އާބާދީ ކުޑަ ގައުމަކަށް އައިސްލޭންޑް

ވޯލްޑް ކަޕްގެ ތާރީހުގައި މިހާތަނަށް އެ މުބާރާތަކަށް ކޮލިފައިވި އެންމެ އާބާދީ ކުޑަ ގައުމަކަށް އައިސްލޭންޑް ވެއްޖެއެވެ. އައިސްލޭންޑްގެ އާބާދީގައި ހިމެނެނީ 334000 މީހުންނެވެ. އައިސްލޭންޑް ވޯލްޑް ކަޕަށް ކ...

10 Oct 2017 | 02:24

ވޯލްޑް ކަޕްގެ ތާރީހުގައި މިހާތަނަށް އެ މުބާރާތަކަށް ކޮލިފައިވި އެންމެ އާބާދީ ކުޑަ ގައުމަކަށް އައިސްލޭންޑް ވެއްޖެއެވެ. އައިސްލޭންޑްގެ އާބާދީގައި ހިމެނެނީ 334000 މީހުންނެވެ.

އައިސްލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ 2-0 ގެ ނަތީޖާއަކުން ކޮސޯވޯ ބަލިކޮއް ޔޫރަޕް ކޮލިފައިން ގްރޫޕު އައިގެ އެއްވަނަ ހޯދައިގެންނެވެ. މި މެޗުގައި އައިސްލޭންޑަށް ގޯލްތައް ކާމިޔާބު ކޮށްދީފައިވަނީ 40 އަދި 68 ވަނަ މިނެޓުގައި ގިލްފީ އަދި ޖޯން ބާގްއެވެ. މިއީ އައިސްލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އައިސްލޭންޑްގެ އިތުރުން ރޭގައި ކުޅުނު މެޗުން މޮޅުވެ ސާބިޔާވެސް ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. މިދެ ގައުުމުގެ އިތުރުން ވޯލްޑް ކަޕަށް މިހާތަނަށް ކޮލިފައިވެފައިވާ ގައުމުތަކަކީ ބެލްޖިއަމް، އިންގްލެންޑް، ސްޕެއިން، ޖާމަނީ، ޕޮލަންޑް، ބްރެޒިލް، އީރާން، ޖަޕާން، މެކްސިކޯ، ދެކުނު ކޮރެއާ، ސައުދީ އަރަބިއްޔާ، ނައިޖީރިޔާ، ކޯސްޓަރިކާގެ އިތުރުން އިޖިޕްޓެވެ. 2018 ގެ ވޯލްޑްކަޕް ބާއްވާ ރަޝިޔާއަށް ކޮލިފައިންއަކާއި ނުލާ މުބާރާތުން ޖާގަ ކަށަވަރުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް