މޭކްއަޕް ނުކޮށް ހުރުމުން ސަޕޯޓަރުންނަށް ދިޝާ ޕަޓާނީ އޮޅިއްޖެ !

ބޮލީވުޑް ތަރި ދިޝާ ޕަޓާނީ މޭކްއަޕް ނުކޮށް ހުރުމުން ސަޕޯޓަރުންނަށް އެއީ ދިޝާކަން އޮޅިއްޖެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ. ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުގައި ސަޕޯޓަރުންނަށް ދިޝާ މޭކ...

09 Oct 2017 | 22:47

ބޮލީވުޑް ތަރި ދިޝާ ޕަޓާނީ މޭކްއަޕް ނުކޮށް ހުރުމުން ސަޕޯޓަރުންނަށް އެއީ ދިޝާކަން އޮޅިއްޖެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުގައި ސަޕޯޓަރުންނަށް ދިޝާ މޭކްއަޕް ނުކޮށް ހުއްޓާ ފެނުނީ ޓައިގަރ ޝްރޮފް އާއެކު ބާންދުރާގެ ފަސްތަރީގެ ހޮޓަލެއްގެ ލޮބީ އިންނެވެ. އޭރު ދިޝާ ހުރީ ތަންކޮޅެއް ދުރުގަ އެވެ. ސަޕޯޓަރުން ޓައިގަރ ކައިރިއަށް ގޮސް ސެލްފީ ނަގަމުންދިޔައިރު ދިޝާ ދުރުގައި ހުއްޓިގެން ހުރި މަންޒަރު ފެނުނު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު އެ މީޑިއާތަކުން ބުނެފައިނީ ސަޕޯޓަރުން އެއްވެސް ވަރަކަށް ދިޝާއާއި ދިމާއަށް ބަލާވެސް ނުލާ ކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރިވީ އޭނާ މޭކަޕް ނުކޮށް ހުރުމުން އެއީ ދިޝާ ކަން ސަޕޯޓަރުންނަށް ނޭނގުމުން ކަމަށް އެކަށީގެންވާކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.

ދިޝާ ޕަޓާނީ އަކީ ޓައިގަރ ޝްރޮފްގެ އައު ފިލްމު ބާގީ 2 ގެ ބަތަލާ އެވެ. 2015 އިން ފެށިގެން ބޮލީވުޑް ފިލްމުތައް ކުޅެމުން އަންނަ ދިޝާ އާއި ޓައިގަރ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް