ރައްޓެހިންގެ ބަހަށް ހެއްލި ރަނގަޅު ނަސީބެއް ހޯދުމަށްޓަކައި ކައިވެނި ކުރަން އޮތް ދުވަހު އަމިއްލަ ފޫކޮޅު ގޮއްވާލައިފިއެވެ.
މިކަން ހިނގާފައިވަނީ ޗައިނާގެ އަވަށެއްކަމުގައިވާ ގުއަންޒޯގައެވެ. ކައިވެނި ކުރަން އޮންނަ ދުވަހު ކައިވެނި ކުރާ ފިރިހެން މީހާއަށް އެކި ކަހަލަ ލަނޑު ދިނުމަކީ ޗައިނާގައި އާންމު ކަމެކެވެ. އެހެންނަމަވެސް ރަނގަޅު ނަސީބެއް ލިބޭނެކަމަށްް ބުނެ ޗައިނާގެ މި ފިރިހެންމީހާއަށް ދިންފަދަ ނުރައްކާތެރި ލަނޑަކީ މަދުން ނޫނީ ނުހިނގާކަމެކެވެ.
ޔޫކޭގެ ދަ ސަން ނޫހުން އާމުކޮށްފައިވާ މިހާދިސާ ދައްކައިދޭ ވީޑިޔޯއިން ފެންނަނީ ފިރިހެން މީހާ ހޮޅިދަނޑިއަކާއި ލައި ބަނދެ ބަހައްޓައި އޭނަގެ ފޫކޮޅުގައި ފަޓާސްތަކެއް ހަރުކޮށް އޭގައި ރޯކޮށްލާތަނެވެ. ފަޓާސް ތަކުގައި ރޯކޮށްލުމުން ފާޓާސްތައް ގޮވައި އޭގެ ދުންގަނޑު ސާފުވާއިރު އޭނަގެ ފޫކޮޅުވެސް ވަނީ ގޮވައި ލޭއައިސްފައެވެ.
ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އެދުވަހު އޮތް ކައިވެނީގެ ހަފްލާގައި އޭނަ ވަނީ ބައިވެރިި ވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް