އިންޖިނިއަރިން އެވޯޑު ލިބުނު ފަރާތަކާއި އެވޯޑު ހަވާލު ކުރަނީ -- ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގައި ފުރަތަމަ
ފަހަރަށް ތަޢާރަފްކުރި "އިންޖިނިއަރިންގ އެވޯޑު" 10 ފަރާތަކަށް ދީފި އެވެ.
މި އެވޯޑުތައް އެ ފަރާތްތަކާ ޙަވާލުކޮށްދެއްވީ މިރޭ ބޭއްވި
ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިރޭ އެވޯޑު ލިބުނު ފަރާތްތަކަކީ:
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
ޢަބްދުއްޝަކޫރު ޞާލިޙް
އަލްމަރުޙޫމް އަޙްމަދު މަހުރީން
އަލްމަރުޙޫމް މުޙައްމަދު ރަޝީދު

އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑްގެ އިތުރުން އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑް: ޑރ. ފުރުޤާން އިބްރާހީމް
ވިމެން އިން އިންޖިނިއަރިންގ އެވޯޑް: އަސްރާރު
ޔަންގް
އިންޖިނިއަރ އެވޯޑް: މުޙައްމަދު ޒިދާން ޙަސަން
ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް: ޙުސައިން ޖައުޝަން
ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް: މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ކުރިއަށް ގެންގޮސްފައިވާ އިރުގެ ހަކަތައާއި އެން.އޭ.އެސް ބެޓެރި ބޭނުންކޮށްގެން، ޑީކާބަނައިޒްޑް ސީވޯޓަރ ޑީސެލިނޭޝަން ސިސްޓަމެއް ޤާއިމްކުރުމުގެ ޕްރޮޖެކްޓް
ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް: މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)ގެ ފަރާތުން ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ އިންޓެގްރޭޓެޑް ޔުޓިލިޓީ ސާރވިސަސް ޕްރޮޖެކްޓަށެވެ.

އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބުނީ އިންޖިނިއަރިން އެވޯޑަކީ
ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ދާއިރާގެ ކުރިއެރުމަށް
މަސައްކަތްކުރާ ފަރާތްތަކާއި ޤައުމީ ޚިދުމަތުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ
ގޮތުން ދޭން ފެށި އެވޯޑެއް ކަމަށެވެ. އެވޯޑު ލިބޭ ފަރާތްތައް ހޮވުމުގެ އެންމެހައި ކަންކަން
ކުރިއަށް ގެންގޮސްފައިވަނީ މިކަމަށްޓަކައި ޚާއްޞަކޮށް އެކުލަވާލެވުނު ފަންނީ ކޮމިޓީއަކުން
ވަރަށް ހަރުދަނާ އުޞޫލުތަކެއްގެ ދަށުން ކަމަށް ބުންޏެވެ.
ރާއްޖޭގައި މިއަހަރު ވަނީ ފުރަތަމަ ފަހަރަށް އިންޖިނިއަރިން ދުވަހެއް ފާހަގަ ކޮށްފައި އެވެ. ދެން ކޮންމެ އަހަރުވެސް ފާހަގަ ކުރާނެ އިންޖިނިއަރިން ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވަނީ ސިނަމާލޭ ބްރިޖު ރަސްމީކޮށް ހުޅުވި ދުވަސް ކަމަށްވާ އޮގަސްޓު 30 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް