ސިނަމާލޭ ބްރިޖު ކައިރިއަށް ތެޔޮ ބޯޓެއްް އުރިއްޖެ

ސިނަ މާލޭ ބްރިޖު ކައިރިއަށް ބޮޑު ތެޔޮ ބޯޓެއް އުރިއްޖެ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބޯޓު އޮޔާގޮސް ބްރިޖު ދަށަށް ވަދެ އެވެ. އަދި ބޯޓުގައި ހުރި އުސް ހޮޅިތައް ބްރިޖ...

10 Sep 2026 | 18:15
އުރުނު ތެޔޮ ބޯޓު -- ފޮޓޯ: އެމްވީ ކްރައިސިސް

އުރުނު ތެޔޮ ބޯޓު -- ފޮޓޯ: އެމްވީ ކްރައިސިސް

ސިނަ މާލޭ ބްރިޖު ކައިރިއަށް ބޮޑު ތެޔޮ ބޯޓެއް އުރިއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބޯޓު އޮޔާގޮސް ބްރިޖު ދަށަށް ވަދެ އެވެ. އަދި ބޯޓުގައި ހުރި އުސް ހޮޅިތައް ބްރިޖުގައި ޖެހި އެތަނުގައި ބޯޓު ތާށިވާތަން ފެނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ ދޫނިދޫ ކައިރީގައި އޮތް ބޯޓެކެވެ. މި ތެޔޮ ބޯޓު ނަގިލި ކަނޑައިގެން ގޮސް އޮޔާ މާލޭ ކައިރިއަށް އައީ މިރޭ ކުރަމުންދާ ވިއްސާރައިގައި ޖެހެމުންދާ ބާރު ވައިގެ ސަބަބުންނެވެ.

މި ހާދިސާގައި ބްރިޖުގައި ޖެހުމުން ބޯޓަށް އަދި ބްރިޖަށް ގެއްލުމެއް ވިކަމެއް ސާފެއް ނުވެ އެވެ.

މި ހާދިސާ އާއި ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް