ސްކޭމްގެ މައްސަލައެއްގައި އައްޑޫ ސިޓީ ހިތަދޫ މީހަކު ހޯދަނީ

އެންޓި ސްކޭމް ސެންޓަރުން ބަލަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައި އެވެ. ފުލުހުން ހާޒިރުކުރުމަށް އިއުލާނުކޮށްފައިވަނީ ސ. ހިތަދޫ ކަށިސުތުލިގެ މ...

10 Sep 2026 | 06:04
ސްކޭމް މައްސަލައިގަ ހޯދަން އިއުލާނު ކުރި މީހާ -- ފޮޓޯ: ޕޮލިސް

ސްކޭމް މައްސަލައިގަ ހޯދަން އިއުލާނު ކުރި މީހާ -- ފޮޓޯ: ޕޮލިސް

އެންޓި ސްކޭމް ސެންޓަރުން ބަލަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައި އެވެ.

ފުލުހުން ހާޒިރުކުރުމަށް އިއުލާނުކޮށްފައިވަނީ ސ. ހިތަދޫ ކަށިސުތުލިގެ މުޙައްމަދު ޢިމާދު (46އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަން އިއުލާނު ކުރަން ޖެހުނީ ދިރިއުޅޭ ވަކި ތަނެއް ނޭނގޭތީ ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އޭނާއާ ހޯދަން އިއުލާނު ކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ނެވެ.

ޢިމާދު ހާޒިރުވާންޖެހެނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އާ ދެމެދު ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.

އޭނާ ހާޒިރުކުރަނީ އެ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް