ފ. ނިލަންދޫ އަމާން ހިޔާގެ ސީލިނގު ވެއްޓިފައި --
ރޭ ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބާ އިމާރާތުގެ ސީލިންގުން ބައެއް ވެއްޓިއްޖެ އެވެ.
ނިލަންދޫ ކައުންސިލުގެ ރައީސް ޢަލީ އަޙްމަދު މީޑިއާގައި ވިދާޅުވީ ހާދިސާ ހިނގި އިރު އެ ތަނުގައި 11 ކުދިން ތިބި ކަމަށެވެ. އެ ކުދިން މިހާރު ވަނީ އެ ރަށު ކައުންސިލުގެ އެކޮމޮޑޭޝަން ބްލޮކަށް ބަދަލުކޮށްފައި ކަމަށް ވިދާޅުވެފައިވެ އެވެ.
ރޭ ކުރަން ފެށި ވިއްސާރައިގަ އެ ރަށަށް ގަޑިއެއްހާއިރު ވަންދެން މެދު ނުކެނޑި ވާރޭވެހިފައިވެ އެވެ. ސީލީނގުން ބައެއް ވެއްޓުނު ހާދިސާގައި އަމާން ހިޔާގެ ކަރަންޓަށްވެސް މައްސަލަތަކެއް ދިމާވި ކަމަށްވެ އެވެ.
އެކުދިން ވަގުތީ ހިޔާއަކަށް ބަދަލު ކުރީ ނިލަންދޫ ހޮސްޕިޓަލާއި ކައުންސިލާއި ޕޮލިހާއި އެމްއެންޑީއެފް ގުޅިގެންނެވެ.
މި ހާދިސާއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވެސްކަން ހިނގިގޮތް ބަލާފައިވެ އެވެ. މި ހާދިސާ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް