ކުރިޔަށް އޮތް ހަފްތާ ބަންދު ވިއްސާރަ ވާނެ

ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަން ފަށާފައި މިވަނީ މިދިޔަ މަހެއްހާ ދުވަ...

10 Sep 2026 | 04:27
ވިއްސާރަ ދުވަހެއްގައި މާލެ -- ދުވަސް ފައިލް ފޮޓޯ

ވިއްސާރަ ދުވަހެއްގައި މާލެ -- ދުވަސް ފައިލް ފޮޓޯ

ކުރިޔަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަން ފަށާފައި މިވަނީ މިދިޔަ މަހެއްހާ ދުވަސް ވާރޭ ވެހުން މަދުވެ ވަރަށް ބޮޑަށް ހޫނު ގަދަވެފައި ވަނިކޮށެވެ. އެގޮތުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖޭގެ ފިނިހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެ އެވެ.

މެޓު އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރަ އަންނަ އަންގާރަ ދުވަހާއި ހަމައަށް ދެމިގެންދާނެ ކަމަށެވެ.

ރެއިން ފެށިގެން މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. މެޓުން އެލާޓުގެ މުއްދަތު މިހާރު ވަނީ ހަވީރު 4:00 އާއި ހަމައަށް ދަންމާލާފައި އެވެ.

އެ އިދާރާއިން ބުނީ މިވަގުތުތަކުގައި ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މޫސުމަށް ސަމާލުވެ ދަތުރުފަތުރު ކުރުމުގައި ދުރާލާ މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށް މެޓު އޮފީހުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް