މިއަދު ކޯވިޑުން ރަނގުވި އަދަދު 271 ގައި، ޕޮސިޓިވްވީ 66 މީހުން

މިއަދު ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 66 ޕޮސިޓިވްވި އިރު 271 މީހުން ބަލިން ރަނގަޅުވި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބު...

10 Sep 2020 | 17:19

މިއަދު ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 66 ޕޮސިޓިވްވި އިރު 271 މީހުން ބަލިން ރަނގަޅުވި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ޕޮސިޓިވްވި މީހުންގެ ތެރެއިން 63 މިހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވީ ތިން މީހުންނެވެ.

ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 16 ބިދޭސީންނެވެ. ޕޮސިޓިވްވާ ބިދޭސީންގެ ގައުމު ކުރިން ހާމަ ކުރިނަމަވެސް މިހާރު އެ މައުލޫމާތު އެޗްޕީއޭއިން އާންމު ކުރުން ވަނީ ހުއްޓާލާފައި އެވެ.

ބައްޔަށް ފަރުވުވާދެމުން ދަނީ 2،304 މީހުންނަށެވެ. އޭގެ ތެރެއިން 134 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު 271 މީހުން ރަނގަޅުވި އިރު މިހާތަނަށް ޖުމްލަ 6،559 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 8،900 މީހުންނެވެ. އޭގެ ތެރެއިން 31 މީހުން ވަނީ މި ބަލީގައި މަރުވެފައި އެވެ.

https://twitter.com/HPA_MV/status/1304103118133755909

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް