އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ އެވޯޑުތައް މިއަހަރު ނުދޭން ނިންމައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ދޭ އެވޯޑުތައް މިއަހަރު ނުދޭން ނިންމީ ކޯވިޑް-19 އާއި ގުޅިގެން ކަމަށެވެ. އެ އިދާރާއިން ބުނީ މިއަހަރު މި އެވޯޑުތައް ނުދޭން ނިންމި ނަމަވެސް އަންނަ އަހަރުން ފެށިގެން ގަވައިދުން އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާއްސަ ތިން އެވޯޑެއް ދޭން ހަމަޖައްސާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ އެވޯޑާއި، އެންމެ ހިދުމަތްތެރި އިންފޮމޭޝަން އޮފިސަރުގެ އެވޯޑުގެ އިތުރުން މައުލޫމާތު ހާމަކުރުމުގައި އެންމެ ފާހަގަކޮށްލެވޭ މީޑިއާގެ އެވޯޑެވެ.
މީގެ ތެރެއިން މައުލޫމާތު ހާމަ ކުރުމުގައި އެންމެ ފާހަގަ ކޮށްލެވޭ މީޑިއާގެ އެވޯޑަކީ މިއަހަރު އަލަށް ދޭން ފަށަން ނިންމާފައި އޮތް އެވޯޑެކެވެ.
މިއެވޯޑުތަކަކީ ގާނޫނު އަސާސީގެ ދެ ވަނަ ބާބުގައި ކަނޑައަޅާފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި، މާއްދާ 29 އަށް އެކަށައަޅާފައިވާ ހައްގު މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގުތައް ލިބިދޭކަން ކަށަވަރުކޮށް އެ މަސައްކަތަށް ހިތްވަރު ދިނުމަށް ދޭ އެވޯޑެކެވެ. މި އެވޯޑު ދޭން ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް