ފާޅުގައި އިސްލާމް ދީނާ ދެކޮޅަށް ނިކުތް މީހަކު ތިނަދޫން ހައްޔަރުކޮށްފި

އެއްވެސް ދީނެއް ގަބޫލު ނުކުރާކަމަށްބުނެ ފާޅުގައި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ލިޔެ، ދީނާ ދެކޮޅަށް ވާހަކަ ދައްކަމުންދިޔަ ތިނަދޫ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހ...

10 Sep 2019 | 13:57

އެއްވެސް ދީނެއް ގަބޫލު ނުކުރާކަމަށްބުނެ ފާޅުގައި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ލިޔެ، ދީނާ ދެކޮޅަށް ވާހަކަ ދައްކަމުންދިޔަ ތިނަދޫ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ގދ. ތިނަދޫ މީހަކު ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ލިޔާ މައްސަލައަކާއި ގުޅިގެން މިއަދު ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން މި މީހާ ވަނީ ހައްޔަރު ކޮށްފައިކަމަށެވެ.

އޮންލައިން ނޫސް ވަގުތުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެމީހާ އަކީ ރުސްތުމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ސޯޝަލް މީޑިއާގައި ދީނާ ދެކޮޅަށް ލިޔުމުގެ އިތުރުން، ދީނާ ދެކޮޅަށް އިއްޔެ އެއްވުމެއް ބޭއްވިކަމަށްވެސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް