ދެވަނަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހަޅާ ބިލަކަށް ވާނީ ލާމަރުކަޒީ ބިލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރެވިގެންދާއިރު ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިޔަނަށްވުރެ ކުޑަކޮށް ހިންގޭ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ.
"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހެޅުމުގެ ހުރިހާ ކަމެއް ރައީސް މިހާރުވަނީ ނިންމާފަ. އަންނަ ދައުރުގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އެންމެ ފުރަތަމަ ބިލެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން މި ބިލްހުށަހެޅިގެންދާނެ. މައިގަނޑު 22 އިސްލާހެއް މިބިލްގައި ހިމެނިގެންދާނެ" އަލީ ނިޔާޒް ވިދާޅުވިއެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީދާއިރާތައް ތަރައްޤީކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް