ރައީސް ސޯލިހު މިރޭ މެޗަށް ވަޑައިގަންނަވާނެ

ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ރާއްޖެއާއި ޗައިނާ ކުޅޭ ފުޓްބޯޅަ މެޗް ބައްލަވާލެއްވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެ ކަމަށް، ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީ...

10 Sep 2019 | 11:05

ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ރާއްޖެއާއި ޗައިނާ ކުޅޭ ފުޓްބޯޅަ މެޗް ބައްލަވާލެއްވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެ ކަމަށް، ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިރޭގެ މެޗަށް ރައީސް ސޯލިހް ވަޑައިގަންނަވާނެ ކަމަށާއި އަދި ގައުމީ ޓީމުގެ ރަސްމީ ޖޯޒީ، ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވާނެ ކަމުގައެވެ.

https://twitter.com/AhmedMahloof/status/1171309169304985605

މިރޭ ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް