ފުލުހުންގެ ޙިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވައިލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒި...

10 Sep 2019 | 10:28

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވައިލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒި އަލްއުސްތާޒް އަބްދުﷲ އަލީ އެވެ.

މިއަދު  އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ 50 ފުލުހުންނެވެ.

ހުވާކުރި ފުލުހުންގެ ތެރޭގައި ސްޕެޝަލް ކޮންސްޓަބެލަރީ ފުލުހުންގެ ހިދުމަތާ ގުޅުނު 16 ފުލުހުނާއި، ފުލުހުންގެ ތެރޭގައި ހިމެނޭ ހިދުމަތާ އަލަށް ގުޅުނު ފުލުހުން އަދި އެކިއެކި ސަބަބުތަކާހުރެ ކުރިން ހުވައި ނުކުރެވި ތިބި ފުލުހުން ހުވާކުރި ކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ހުވައިކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކުވެސް ހުވައިގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މި ޙާއްސަ ރަސްމިއްޔާތުގައި ފުލުހުންގެ ކޮމިޝަން ގެ ބައެއް އޮފިސަރުން ބައިވެރިވެލައްވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް