ބާ ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު ބަޖެޓު ދޫކުރެވޭނެ: ފިނޭންސް މިނިސްޓްރީ

ބާ ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު ބަޖެޓު ދޫކުރެވޭނެ ކަމަށް، ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ބާ ކައުންސިލުގެ މަސައްކަތްކުރުމަށް މިހާރު ދިމާވެފައިވާ އެންމެބޮޑު ގޮން...

10 Sep 2019 | 10:08

ބާ ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު ބަޖެޓު ދޫކުރެވޭނެ ކަމަށް، ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބާ ކައުންސިލުގެ މަސައްކަތްކުރުމަށް މިހާރު ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ބަޖެޓް ނުލިބުމެވެ. މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބާ ކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމާއެކު ބަޖެޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށާ، ކައުންސިލުން ހުޅުވަންޖެހޭ އެކައުންޓް ހުޅުވުމާއި މިނޫންވެސް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވުމުން ބަޖެޓް ދޫކުރައްވާނެކަމަށެވެ. ފިނޭންސް މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ ކައުންސިލުން އެދިފައިވާ ވަރަށް ބަޖެޓް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ބާ ކައުންސިލުން އެކުލަވާލަން ޖެހޭ ހުރިހާ ޤަވާޢިދެއް އަންނަ މަހުގެ 12 ގެ ކުރިން އެކުލަވާލަން ޖެހެއެވެ. ބާ ކައުންސިލުން ދަނީ އަންނަ އަހަރަށް އެކައުންސިލްގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތާއި އަދި އަންނަ އަހަރު ހިންގާނެ ބައެއް ޕްރޮގުރާމްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް