ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ޖަމާވެފައި ހުންނަ ގިނަ ދުވަސްވީ ކުނި ނަގައި، ސާފުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އިއުލާނުގައި ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ޖަމާވެފައި ހުންނަ ގިނަ ދުވަސްވެފައިވާ ކުނިތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
އެގޮތުން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި މި ފައިސާ ބަލައިގަންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ ގެ ނިޔަލަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފޯމުތަށް ލިބެން ހުންނާނީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ކަމަށް އިޢުލާންގައި ވެއެވެ.
ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށް ވެސް އިއުލާންގައި ވެއެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާތާ 148 ދުވަހެވެ. އެގޮތުން ބިޑް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް