މިދިޔަ މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކުގެ މައްސަލައިގައި ކަސްޓަމްގެ ދެ އޮފިސަރުން ސަސްޕެންޑް ކޮށްފިއެވެ.
ކަސްޓަމްސްގެ މީޑީއާ އޮފިޝަލު ވިދާޅުވިގޮތުގައި، ވެހިކަލްތަކުގެ މައްސަލަ ބަލައި ތަހުޤީޤުކުރެވެންދެން ކަސްޓަމްސްގެ ދެ އޮފިސަރުން ސަސްޕެންޑް ކުރެވިފައި ވާނެއެވެ. ނަމަވެސް އެ ދެ އޮފިސަރުން ސަސްޕެންޑް ކުރި ތާރީހެއް އެނގިފައެއް ނުވެއެވެ.
މިދިޔަ މަހު ވަގަށް ވެހިކަލްތަކެއް އެތެރެކޮށްފައިވަނީ ރާއްޖެއަށް ލަކުޑި އެތެރެކުރާ ކަމަށްބުނެ ގެނައި ދެ ކޮންޓެއިނަރެއްގައެވެ. ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ވަގަށް އެތެރެކޮށްފައިވާ ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 16 ސައިކަލު ވަނީ ފެނިފައެވެ.
މިވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގަކީ 586،000 (ފަސްލައްކަ އަށްޑިހަ ހަހާސް) ރުފިޔާ ކަމަށް އަންދާޒާ ކުރެވެއެވެ. މިތަކެތީގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި 558،000 (ފަސްލައްކަ ފަންސާސްއަށް) ރުފިޔާ ދައުލަތަށް ލިބެންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކަސްޓަމްސްއިން ވަނީ މީގެކުރިން ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް