ގދ. ފަރެސްމާތޮޑާ ސުކޫލުގެ ދަރިވަރުންނަށް އިއްޔެ ދިން ނާސްތާ އިން ފުޅަތަކެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދަރިވަރުންނަށް ފަރެސްމާތޮޑާ ސުކޫލުން ދިން ސޭންޑްވިޗުން ފުޅަތަކެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ފުޅަ ފެނުނު މައްސަލައަކީ ތެދެއް ކަމަށް އެރަށު ސުކޫލުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުޅަ ފެނިފައި ވަނީ އެ ސުކޫލްގެ ޓީޗަރަކު ކާން އިން ސޭންޑްވިޗެއްގެ ތެރެއިންނެވެ.
މިކަން މިހާރު ވަނީ ސްކޫލްތަކުގެ ނާސްތާ ދިނުމުގެ ކަންކަމާއި ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ، އަލީ ޝަމީމުގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އަދި މިނިސްޓްރީގެ ފަރާތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ނާސްތާ ދިނުމުގެ ޕްރޮގްރާމް މިހާރު ފަށައިފައިވާއިރު، މިކަމަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް