މިއަދު ހެނދުނު މާލޭގެ ދެ ސަރަހައްދަކުން ދެ އަންހެނެއްގެ އަތުން ފޭރިއްޖެ

މިއަދު ހެނދުނުގެ ދެ ވަގުތެއްގައި މާލޭގެ ދެ ސަރަހައްދަކުން ދެ އަންހެނެއްގެ އަތުން ފޭރިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އޭގެން އެއް މައްސަ...

10 Sep 2019 | 07:20

މިއަދު ހެނދުނުގެ ދެ ވަގުތެއްގައި މާލޭގެ ދެ ސަރަހައްދަކުން ދެ އަންހެނެއްގެ އަތުން ފޭރިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އޭގެން އެއް މައްސަލައަކީ ބަންގްލަދޭޝް އެމްބަސީ ކައިރިން އަންހެނެއްގެ އަތް ދަބަސް ފޭރިގަތް މައްސަލައެކެވެ. އަނެއް މައްސަލައަކީ ކަލާފާނު ސްކޫލު ކައިރިން އަންހެނެއްގެ ވޮލެޓު ފޭރިގަތް މައްސަލައެކެވެ.

ވޮލެޓު ފޭރިގަތީ ހެނދުނު 08:33 ހާއިރު ކަމަށާއި އަތް ދަބަސް ފޭރިގަތީ 09:37 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި ދެ ފޭރުންވެސް ފޭރިފައިވަނީ ސައިކަލެއްގައި ދިޔަ ދެމީހަކު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް