ފޭރިފައިވާ ދެ ފޯނެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުން ބަލައި ފާސްކުރި ގެއަކުން ފެނުނު ދެ ފޯނުގެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ވިދާޅުވިގޮތުގައި، އެ ދެފޯނަކީ ފޭރުމާއި ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ބެލި ގ...

10 Sep 2019 | 06:56

ފުލުހުން ބަލައި ފާސްކުރި ގެއަކުން ފެނުނު ދެ ފޯނުގެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެ ދެފޯނަކީ ފޭރުމާއި ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ބެލި ގެއަކުން، ޖުލައި މަހުގެ 19 ވަނަ ދުވަހު ފެނުނު ދެފޯނެވެ. މި ދެފޯނު ގެއްލިގެން މިހާތަނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.

މި ފޯނުތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ، ފޯނުތަކާ ހަވާލުވުމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް