ދެ ފުޑް ކޯޓެއް ކުއްޔަށް ދެނީ

ހާބަރު ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ހިދުމަތް ނުދޭ ދެ ފުޑް ކޯޓެއް ކުއްޔަށް ދޫކުރަން ނިންމައިފިއެވެ. މިމަހުގެ 18 ގެ ނިޔަލަށް މި ދެ ފުޑްކޯޓަށް ބިޑް ހުށަހެޅުމުގެ ފުރުސަތުހުޅުވާލާފައިވާކަމަށް އެސްޓީއޯ އ...

10 Sep 2019 | 06:28

ހާބަރު ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ހިދުމަތް ނުދޭ ދެ ފުޑް ކޯޓެއް ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.

މިމަހުގެ 18 ގެ ނިޔަލަށް މި ދެ ފުޑްކޯޓަށް ބިޑް ހުށަހެޅުމުގެ ފުރުސަތުހުޅުވާލާފައިވާކަމަށް އެސްޓީއޯ އިން ކުރި އިއުލާނެއްގައި ވަނީ ބުނެފައެވެ.

ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އިއްޒުއްދީން މަގާ ވީ ފަޅިން ޔުނިޓް ނަންބަރު 20 އާއި ޔުނިޓް ނަންބަރު 26 އެވެ. އިއްޒުއްދީން މަގާވީ ފަޅިން ޔުނިޓް ނަންބަރު 26 ކުއްޔަށް ދޭން މީގެ ކުރިންވެސް ހުޅުވާލިއެވެ. މި ދެ ފުޑްކޯޓަކީވެސް 960 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ.

ފުޑްކޯޓުތައް ކުއްޔަށް ދޭން ނިންމާފައިވަނީ ބޭސް ރޭޓް، އަކަފޫޓެއް 53 ރުފިޔާގެ މަގުންނެވެ. ފުޑް ކޯޓު ޔުނިޓުތައް ކުއްޔަށް ދޫކުރާނީ ފަސް އަހަރަށެވެ. ކުއްޔަށް ދޫކުރާތާ އެއް މަސްތެރޭ ހިދުމަތް ފަށަންވާނެ ކަމަށް އެސްޓީއޯގެ އިއުލާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް